Advertisement

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

މިހާރުގެ ސަރުކާރުން ބިރުދައްކައިގެންނާއި އަޅުވެތިކޮށްގެން ދިވެހި ރައްޔިތުން މައިތިރި ނުކުރެވޭނެ ކަމަށާއި، ސަރުކާރުން ވަޒީފާތަކުން ވަކިކުރާ މީހުންނަށް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ “ވަޒީފާ ބުރާސްފަތި” ގެ ނަމުގައި އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަން ދައްކައިގެން ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، އެމްޑީޕީން ތިބީ ނިކަން ކެރިގެން ސަރުކާރަށް ގޮންޖަހައި، މި ސަރުކާރު ބަލިކުރުމަށް ނުކުމެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާ އެކު، ސަރުކާރާ ދެކޮޅު އާއިލާއެއް އުފެދެމުންދާ ކަމަށާއި، ރައްޔިތުން ބިކަކޮށްގެން ސަރުކާރަށް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެ ކަމުގެ ޔަގީންކަން މިއަރުވަނީ،” ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި އެމްޑީޕީން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝާހިދު ވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް އަރުވާފައެވެ.

ސަރުކާރަށް ތާއިދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރާތީ އެކަމާ ދެކޮޅަށް އެމްޑީޕީން އިންތިޒާމުކުރި “ވަޒީފާ ބުރާސްފަތި” މުޒާހަރާ އެތައް ސަތޭކަ ބަޔަކާއެކު ވަނީ ފަށާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ބާއްވާ މި ފުރަތަމަ މުޒާހަރާގައި، އެމަނިކުފާނާ އެކު ޕާޓީގެ ލީޑާޝިޕާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ބައިވެރިވަމުންނެވެ. ރަސްފަންނުން ފެށި މި ހިނގާލުމަށް މަޖީދީމަގުން ކުރިއަށްދިއުމުގެ ފުރުސަތު ފުލުހުން ނުދިނުމުން، ބައިވެރިން އަމީނީމަގުން ކުރިއަށްގޮސް، މި މުޒާހަރާ ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ

ސިފައިންގެ މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ