Advertisement

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މަތީތައުލީމަށް ހާއްސަކޮށް އެމްއެމްއޭއިން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ، މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަސިޓީގައި ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑީގްރީ ފުރިހަމަކުރުމުގެ ފުރުސަތެވެ. މީގެ އިތުރުން މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުވެސް ހިމެނެއެވެ.

Advertisement

އެމްއެމްއޭއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ.

ކޯހުގެ ދާއިރާތައް:

ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ

ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ

ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ

ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ

ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)

މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް

އެމްޑީޕީގެ ގައުމީ މަޖިލީސް: އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމާމެދު ގޮތް ނިންމަނީ