Advertisement
އެންޓި ކޮރަޕްޝަން ކޮމިޝަން: ސްކޫލެއްގެ 3 މުވައްޒަފަކު އެހެން މީހެއްގެ ނަމުގައި މުސާރައަށް 5 އަހަރުން 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވޭ ---

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

މާލޭގެ ސްކޫލެއްގެ ތިން މުވައްޒަފަކު، އެހެން މުވައްޒަފެއްގެ ނަމުގައި މުސާރައަށް ފަސް އަހަރު ތެރޭ 1.5 މިލިއަން ރުފިޔާ ނަގައިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

“ހަވާސާ”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ ސްކޫލެއްގެ ތިން މުވައްޒަފަކު 2021އިން ފެށިގެން، އެ ސްކޫލުން ވަކިވެފައިވާ މުވައްޒަފެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނެގި މައްސަލައެކެވެ.

Advertisement

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ނާސިހް ވަނީ އެފަދަ މައްސަލައެއް ފާހަގަވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެ މައްސަލައިގައި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ހިމެނެނީ ސްކޫލެއްގެ ތިން މުވައްޒަފުން ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް

އެމްޑީޕީގެ ގައުމީ މަޖިލީސް: އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމާމެދު ގޮތް ނިންމަނީ