އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅާ ބަހުސް ފަށައިފި އެވެ.
ރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމަށް ހުށައެޅި ގަރާރުގައި ވަނީ ސިޔާސީ ކަންކަމާއި ގުޅުވައިގެން ވަޒީފާތަކުން ވަކިކުރުމާއި ސިޔާސީ ދައުވާތައް އުފުލުމާ ދެކޮޅަށް މުޒަހާރާ ކުރުމަށެވެ.
އެގޮތުން އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ވަނީ ހުށައަޅާފަ އެވެ. އެ ގަރާރަށް މިހާރު ދަނީ ގައުމީ މަޖިލީހުގައި ބަހުސް ކުރަމުންނެވެ.
މެންބަރުންގެ ރޫހު ހުރީ އެ ގަރާރު ފާސްކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު