Advertisement
ހދ އަތޮޅު ކައުންސިލްގެ އިދާރާ- ފޮޓޯ/ ހދ. އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލްތައް އުވާލުމާ އެކު ހުރިހާ ސެކްރެޓަރީ ޖެނެރަލުން ވަކިކޮށްފި

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ ކައުންސިލްތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި ގަވާއިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި ރިޑަންޑެންސީ އިނާޔަތް ލިބޭ ގޮތަށް އެސްޖީން ވަނީ ވަކިކޮށްފައެވެ.

Advertisement

ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.

އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ އިސްލާހަކީ ކައުންސިލްތަކުގެ ދައުރު ހަމަވުމާ އެކު އެ ކައުންސިލްތައް އުވޭ ގޮތަށް ގެނައި ބަދަލެކެވެ.

މިދިޔަ މަހުގެ 17 ގައި އާ ކައުންސިލަރުން ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް އުވި އެ ތަންތަން ވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ