Advertisement

މަހުދީގެ މޫނު ދެއްކުމާއި ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި

ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީ 43އ. ގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

Advertisement

އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. “ހައި ރިސްކު” އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި 8 ޑައިވަރުން ބައިވެރިވިއެވެ.

އެ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ޑައިވަރު މަހުދީ ނިޔާވެފައި ވަނީ އޭޑިކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޑީކޯ ވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އަަދި މައްޔިތާއަށް ޒިޔާރަތް ކުރުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭވްއެއްގެ ތެރެއިން ފެނުނު މީހާއަކީ އެމީހުންނާއި އެކީ ރާއްޖެ އައިސް އުޅުނު އިންސްޓްރަކްޓަރެކެވެ. އެމީހުން ފައިބާފައިވާ ކޭވްއަކީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓޫ ހުންނަ ކޭވްއެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފަށް އެހީތެރިވުމަށް އިޓަލީގެ 2 ތަޖުރިބާކާރުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވަނީ ޑީޕްސީ ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް