Advertisement
ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ---

3 ރައީސުން: އިނަފް އިޒް އިނަފް، ދުލެއް ނުދޭނަން

ޝަރުއީ ނިޒާމުގެ ތެރެއިން ގައުމުގެ ކަންކަމުގެ މައްޗަށް ބާރުފޯރުވައި، ނޫސްވެރިކަމަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް، ރައީސް ޔާމީނާއި ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ފައްޓަަވައި މިރޭ ވަނީ ބައްދަލު ކުރައްވާފަ އެވެ. މިއީ މިގޮތަށް ސިޔާސީ އެއް މޭޒަކުން ތިން ރައީސުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

Advertisement

މިރޭގެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ކަނޑަތުކުރަމުން މިދަނީ ނުހަނު ދަތި، ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން އިންތިހާއަށް ތަދުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމަކީ ނޫސްވެރިންނާއި ސިޔާސީ ހުރިހާ ފަރާތްތަކުން އަދާ ކުރަންޖެހޭ ގާއުމީ ޒިންމާއެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މީޑިއާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ރައްޔިތުން ބާރުވެރިކުރުވުމުގައި އޮތް އެންމެ ވަރުގަދަ ބާރުކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ ތެރެއިން މީޑިއާއަށް ހަމަލާދީ ނޫސްވެރިންގެ އަނގަބަންދުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރުޢީ ނިޒާމަށް އިހުތިރާމްކުރަން ބޭނުންވި ނަމަވެސް، މިފަދަ ”ގޭގް އޯޑަރު“ ތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިފައިވާތީ އެކަމާ ދެކޮޅަށް އިހްތިޖާޖުކުރުން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މުޅި ޤާނޫނުއަސާސީން ލިބިދޭ ބާރުތައް ހިފަހައްޓައި، ރައީސް މުއިއްޒުގެ ސަރުކާރުން ފުދުމުހުތާރު ވެރިކަމެއްގެ ސިފަ ދައްކަމުންދާކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރު ސިޔާސީ އިސްސަފުގައި މަސައްކަތް ކުރެއްވި ތިން ރައީސުން މިކަންކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމުގެ ”ސްޓްރެސް ލެވެލް“ މިހާ ބޮޑަށް އުފުލިފައިވާއިރު، އެ ބޭފުޅުންގެ ޟަމީރު މިއަދު މަޖުބޫރުކުރަނީ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ހޯދައިދިނުމަށްޓަކައި އައު ސްޓްރެޓެޖީތަކާއެކު އެންމެން އެކުގައި ނިކުތުމަށްކަމަށެވެ.

މީގެ އިތުރުން، ރޭގެ މުޒާހަރާގައި ފުލުހުން ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުން މިހާރަށް ހައްޔަރުކޮށްފައިވާ ނޫސްވެރިން ބަންދުން ދޫކޮށްލުމަށް ގޮވާލާކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާއިން ނެރެފައިވާ ”ގޭގް އޯޑަރު“ ބާތިލުކޮށް، ރައްޔިތުންނަށް ފަހިވާނެހެން ކަންކަން ފުރުސަތު ދިނުމަށް ވެސް ގޮވާލެއްވި އެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ، މިއަދު ތިން ރައީސުން ބައްދަލު ކުރާއިރު އެއްވެސް ސަރުކާރެއް ފުރިހަމައެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް