Advertisement

ވީރާނާވެފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށައިފި

ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައިވާ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

މީގެ ކުރިން އަލިފާނުގެ ހާދިސާތަކެއް ވެސް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށާފައި މިވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަައްޑާއަކަށް އެތަންވެފައިވާތީ އެކަމާއި ގުޅިގެން އާންމުން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޯކިޑް ޕްލާޒާ އިމާރާތުގެ ސަބަބުން އާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ އެތަން ތަޅާލަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތް މިއަދު ފަށަފައިވާކަމަށް ވަނީ ބުނެފައެވެ.

އޯކިޑް ޕްލާޒާ އިމާރާތުގެ ހާލަތު. ފޮޓޯ/ ވޮއިސް

ސިޓީސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު، އޯކިޑް ޕްލާޒާ އިިމާރާތް ހުރި ސަރަހައްދަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ވެސް ވަނީ ބައްލަވާލައްވާފަ އެވެ.

އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑުން ހިންގި އިމާރާތެކެވެ. އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރުމުގެ ސަބަބުން މި އިމާރާތް ވަނީ ވީރާނާވެފަ އެވެ. އެތަނުގެ ބޭނުން މިހާރު ގިނައިންކުރަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށް އެ ސަރަހައްދުގައި އުޅެމުންދާ މީހުން ބުނެއެވެ.

އޯކިޑް ޕްލާޒާ އިމާރާތް.

އޯކިޑް ޕްލާޒާގައި ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނައިރު، ޖެހިގެން ހުންނަ ބްލޮކްގައި ހުންނަ ހައުސްޕްލާޒާއަކީވެސް ވީރާނާވެފައި ހުރި އިމާރާތެކެވެ. މިއަހަރުގެ ފެބުރުއަރީމަހު ހައުސް ޕްލާޒާގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ދެ ގެއެއްގައި ދިރިއުޅެމުންއައި 55 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް