Advertisement
ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިރޭ ކުރާ ވިއްސާރައިގައި ވިދައި، މުޅި ސަރަހައްދު ދިއްލާލައިފައި: ބާރު ގުގުރިއާއެކު ހުޅުމާލޭ ބައެއް ހިސާބުތަކުން ކަރަންޓު ވަނީ ކެނޑިފައި ---

ބާރު ގުގުރިއާއެކު ހުޅުމާލޭ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ވިއްސާރަވެ، ބާރު ގުގުރިއާއެކު، ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.

މިގޮތުން، ކަރަންޓު ކެނޑިފައި ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.

Advertisement

އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، މާލެއާއި ހުޅުމާލެއަށް ގަދައަށް ވިދައި، ބާރަށް ގުގުރައި، ވާރޭ ވެހެމުންދެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 12:00އިން ފެށިގެން ފަތިހު 05:00އަށް ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ތިން ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނެވެ.

އޭގެކުރިން، ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ.

އެ ދެ ދުވަހު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ