Advertisement

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ދ ގައްދޫއިން އެ އަތޮޅު ގަމަށް ދިޔަފަހުން ކަނޑުމައްޗަށް ގެއްލުނު ކަމަށް ބެލެވޭ ޒަކަރިއްޔާ މުޙައްމަދު ދަތުުރުކުރި ޑިންގީ ފެނިއްޖެއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފް އިން ބުނެފައިވަނީ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ޑިންގީ ވަނީ ފެނިފައި ކަމަށެވެ.
މި ޑައިވް ކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންކަމަށްވެސް ބުނެފައިވެއެވެ.

ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ޒަކަރިއްޔާ މުހައްމަދު 75 އ ގެއްލިފައި ވަނީ ޖުލައި 10 ވަނަ ދުވަހުއެވެ. ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް