Advertisement

ކުޑަކުއްޖަކު ގަހެއްގައި ބަދެފައި ބެހެއްޓި މައްސަލައެއް ތަހުގީގުކުރަނީ

ކުޑަކުއްޖަކު ގަހެއްގައި ބަދެފައި ބެހެއްޓި މައްސަލައެއް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 13:10 އެހާކަންހާއިރު އަޕާ ނޯތް ޕޮލިސް ހިމެނޭ ރަށެއްގައި އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

އެ މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ