Advertisement

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި އެވެ.

އެ މަގާމުގައި ހުރީ އަހްމަދު މައުރޫފެވެ. އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކޮށް މައުރޫފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހިދުމަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.

Advertisement

މައުރޫފް މަގާމުން ވަކިކުުރުމާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މައުރޫފް މަގާމުން ވަކިކުރީ އެމްޑީޕީގެ ތެރޭގައި އަނެއްކާ ވެސް ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ.

ރޭ އޮތް އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން ހިޔާލު ތަފާތުވުން ބޮޑުވެ މެންބަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ