Advertisement

އިންތިހާބުގައި ވޯޓުލުން މުހިންމު، މިނިވަންކަމާއެކު ވޯޓު ދެއްވާ: މައުމޫން

ދިވެހި ރައްޔިތުން ނުކުމެ، މިނިވަންކަމާއެކު ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެދިވަޑައިގެންފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމަކަށްވާ އިރު، މިނިވަންކަމާއެކު ވޯޓު ދިނުމުގެ ހައްގު އަދާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

މައުމޫން ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތެއްގެ ވާޖިބު އަދާކުރަން ޖެހޭ ކަމަށެވެ. އަދި އެ ރައްޔިތަކު ފެންނަ ގޮތަށް ވޯޓު ދިނުމަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން. ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވޯޓު ދެއްވުމަށް،” މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ކުރިއަށް ދަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެވެ.

މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކައުންސިލްގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އިންތިހާބުތަކުގެ ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ފޮއްޓެއް ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް