Advertisement
އީސީގެ ރައީސް އާއި މެންބަރުން

ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަމަށް 19 މިލިއަން ރުފިޔާ ޚަރަދުކުރެވިއްޖެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މިހާތަނަށް 19 މިލިއަން ޚަރަދުކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދާ މި ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ.

Advertisement

މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓު ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދަނީ ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި އެކުގައި ކަމަށެވެ.

”މި އާއްމު ވޯޓަށް މިހާތަނަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ މި މަސައްކަތް ކުރުމަށް. މިހާރު ވޯޓް ކަރުދާސްތައް ޗާޕު ކުރެވި ތަންތަނަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދަނީ.“ އީސީގެ ވަކީލު ވިދާޅުވިއެވެ.

އީސީގެ ވަކީލު ވިދާޅުވީ، އެ ކޮމިޝަންގެ މަސައްކަތްތައް އިންތިޒާމްކުރެވިގެން ކުރިއަށްދަނީ، އޭޕްރީލް 4 ވަނަ ދުވަހު، ލޯކަލް ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓުވެސް ނެގުމަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް މީސްމީޑިއާގެ އެކިއެކި މަންސަތަކާއި، ޕްރޮގްރާމްތައް މެދުވެރިކޮށްވެސް ކުރިއަށްދާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވާނަމަ އިތުރު 20 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އީސީން މީގެ ކުރިން މަޖިލީހުގެ ކޮމިޓީގައިވެސަ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް