Advertisement

ފެނަކައިން ކުރިއަށް ގެންދާ 10 މަޝްރޫއުއެއްގެ މަސައްކަތް ބާރަށް ކުރިއަށް!

ފެނަކަ ކޯޕަރޭޝަން ލިމިޑަޓްއިން 10 މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިދާޅުވީ މި ވަގުތު ޕޮލިސް ޕޯސްޓް ގާއިމުކުރުމުގެ 3 މަޝްރޫއު، ފެނާއި ނަރުދަމާގެ ވިއުގަ ގާއިމުކުރުމުގެ 4 މަޝްރޫއުގެ އިތުރުން ފެނުގެ ވިއުގަ ގާއިމުކުރުމުގެ 2 މަޝްރޫއު އަދި ނަރުދަމާ ވިއުގަ ގާއިމުކުރުމުގެ މަޝްރޫއުއެއް ކުރިއަށްދާ ކަމަށެވެ.

Advertisement

ފެނަކައިން ފެށި މަޝްރޫއުތަކުގެ ތަފްސީލު:

ޕޮލިސް ޕޯސްޓް ގާއިމުކުރުން

  • ރ. ވާދޫ – މަޝްރޫއު ފެށީ 5 ޖުލައި 2025 ގައި، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ޖަނަވަރީ ނިޔަލަށް
  • ށ. ނޫމަރާ – މަޝްރޫއު ފެށީ 7 ޖުލައި 2025، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ޖަނަވަރީ ނިޔަލަށް
  • ށ. ގޮއިދޫ – މަޝްރޫއު ފެށީ 8 ޖުލައި 2025، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ޖަނަވަރީ ނިޔަލަށް

މި މަސައްކަތުގެ ދަށުން ރ. ވާދޫ އާއި ށ. ނޫމަރާގައި ސައިޓް ސެޓްކުރުމާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ށ. ގޮއިދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސައިޓް އެެއްކޮށް ހުސްކޮށް، މިހާރު ސައިޓް ސެޓްކުރުުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ވިއުގަ ގާއިމުކުރުން

  • ތ. މަޑިފުށި – މަޝްރޫއު ފެށީ 24 ޖޫން 2024، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ޖޫން ނިޔަލަށް
  • ށ. ނޫމަރާ – މަޝްރޫއު ފެށީ 26 ޖޫން 2025، މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވޭނީ 2026 ޖޫން ނިޔަލަށް
  • މ. ނާލާފުށި – މަޝްރޫއު ފެށީ 1 ޖުލައި 2025، މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވޭނީ 2026 ޖުލައި ނިޔަލަށް
  • ނ. މަގޫދޫ – މަޝްރޫއު ފެށީ 17 ޖޫން 2025، މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2026 ޖޫން ނިޔަލަށް

މި މަޝްރޫއުގެ ދަށުން ށ. ނޫމަރާގައި ސައިޓް ސާފު ކުރުމާއި ޕްލާސްޓަރިންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ތ. މަޑިފުއްޓާއި ނާލާފުށީގައި ކުރިއަށްދަނީ އާރްއޯ ޕްލާންޓް އިމާރާތުގެ ޓޭންކް ބެޑްގެ ފައުންޑޭޝަން އެޅުމާއި ޓޭންކް ބެޑް ވަރުގަދަކުރުމުގެ މަސައްކަތެވެ. އަދި ށ. މަގޫދޫގައި ކުރިއަށްދަނީ ސައިޓް ސާފުކުުރުމާއި މަސައްކަތަށް ބޭނުންވާ ތަކެތި ތައްޔާރުކުރުންކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނުގެ ވިއުގަ ގާއިމުކުރުން

  • ނ. މިލަދޫ – މަޝްރޫއު ފެށީ 26 ޖޫން 2025، މަޝްރޫއު ނިމެނޭކަމަށް ލަފާ ކުރެވެނީ 2026 ޖޫން ނިޔަލަށް
  • އދ. ފެންފުށި – މަޝްރޫއު ފެށީ 9 ޖުލައި 2025، މަޝްރޫއު ނިމެނޭކަމަށް ލަފާ ކުރެވެނީ 2026 ޖުލައި ނިޔަލަށް

މަސައްކަތުގެ ދަށުން ނ. މިލަދޫގައި ކަރަންޓް މީޓަރު ގުޅުމާއި ޓޭންކުގެ ފައުންޑޭޝަން ސަރަހައްދު ސާފުކުރުމާއި ސައިޓުގައި ތަކެތި ރައްކާކުރާ ގުދަން ތައްޔާރުކުރުމާއި ބައުންޑަރީ ލައިން ފާހަގަކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ފެންފުށީގައި ސްކެފޯލްޑިން ސެޓަޕް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން މައުލޫމާތުދެެއްވިއެވެ.


ނަރުދަމާ ވިއުގަ ގާއިމުކުރުން

ބ. ކުޑަރިކިލު – މަޝްރޫއު ފެށީ 17 ޖޫން 2025، މަޝްރޫއު ނިމޭނެކަމަށް ލަފާ ކުރެވޭނީ 2026 ޖޫން ނިޔަލަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ސައިޓް ހުސްކުރުމުގެ މަސައްކަތެވެ.

ފެނަކައިން ވިދާޅުވީ މި 10 މަޝްރޫއުގެ އިތުރަށް ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ މަސައްކަތުގެ މައުލޫމާތު ވެސް ކުރިއަށްދާގޮތް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް