Advertisement
ނުކުޅެދުންތެރިކަން ހުންނަ 2 ފަރާތެއް--

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު މާލީ އެހީގެ ގޮތުގައި 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ފާއިތުވެދިޔަ ޖަނަވަރީ މަހު އެކަނިވެސް 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާލީ އެހީގެ ގޮތުގައި ދީފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި ތަފާސްހިސާބުތަކުގައި ވާގޮތުން، މިއަހަރުގެ ޖަނަވަރީ މަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 54،639،000 ރުފިޔާ ދީފައިވެއެވެ.

Advertisement

މިނިސްޓްރިގެ ހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 15236 ފަރާތެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 14975 ފަރާތަކަށް ކަމަށް އެންސްޕާއިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ އަހަރުގެ ޑިސެންބަރާއި ހަމައަށް ރަޖިސްޓްރީވެފައިވަނީ 15059 ފަރާތެކެވެ. އެހެންކަމުން ޖަނަވަރީ މަހު އިތުރު 190 ފަރާތެއް ވަނީ ނުކުޅެދުންތެރިކަން ހުންނަ މިހުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވެފައެވެ.

މި މުއްދަތުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިނުމުގެ ޕްރޮގުރާމްުގެ ދަށުން ޖުމުލަ 454 ފަރާތަކަށް މާލީ އެހީގެ ގޮތުގައި 16،953،075 ރުފިޔާ ހަމަޖައްސައިދީފައިވާކަމަށްވެސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އަދި މި ހިސާބުތަކުގައި ވާގޮތުން، 30 ފަރާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގުރާމުގެ ދަށުންވެސް ތެރަޕިއުޓިކް ފަރުވާއަށް 194،840 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް