Advertisement

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އެމްޑީޕީގެ ލީޑަރޝިޕް އިން ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ހަވާސާ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިއްބެވި މީހުންގެ ވޯޓު ކަޝަވަރު ކުރަން އެމީހުންގެ ރަޖިސްޓްރީ ދަނީ ބަދަލުކުރަމުން ކަމަށާއި އެމީހުންގެ ވޯޓު އެހެން ރަށްރަށަށް ބަދަލުކުރަމުންގެންދާ ގެންދިއުން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފަ އެވެ.

Advertisement

އެއީ ގާނޫނާއި ހުދޫދުގެ ތެރެއިން ހިނގާ ކަމެއް ނޫން. ގާނޫނީ އިމުގެ ތެރެއަށް ސަރުކާރުން މިހާރުން މިހާރަށް ވަދެވަޑާއިގަތުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން. އަދުލުވެރި އިންސާފުވެރި ދެފުށްފެންނަ އިންތިހާބަކަށް ހެއްދެވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން. ނުފޫޒަކަށް އެމްޑީޕީއެއް ނުގުޑާނެ އިންޒާރަކަށް އެމްޑީޕީ އެއް ނުގުޑާނެ އެއަށްވުރެ މާހިތްވަރުގަދަ އެމްޑިޕީ މެންބަރުން ހުރިހާ ރަށެއްގައިވެސް ތިބީ
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، ހއ އަތޮޅުގެ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާތަން ކަމަށެވެ. އަދި އެ ރަށްރަށަށް މިސަރުކާރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކޮށް ވީރާނާވާން ދޫކޮށްލާފައިވާކަން ޝަހިދު ފާހަގަކުރެއްވި އެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ހއ ގެ ރަށްތަށް އޮތީ އެމްޑީޕީ އާއި އެކުގައި ގަދަކޮށެވެ. ކުރިއަށް އޮތް އިންތިހާބުގައި މި ސަރުކާރު ބަލިކުރެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް