ޖުމްހޫރީ މައިދާން ތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތުގެ ބޮޑު ބައެއް ނިންމާ ވަގުތީ ގޮތުން ހުޅުވާލައިފި އެވެ.
ޖުމްހޫރީ މައިދާން ތަރައްގީ ކުރަނީ އާރުޑީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން އެ ސަރަހައްދު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ސަރަހައްދު ވަގުތީ ގޮތުން ހުޅުވާލީ މިއީ ރޯދަ މަސް ކަމުން ގިނަ ބަޔަކަށް އެ ސަރަހައްދުން ހަމަޖެހުން ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޖުމްހޫރީ މައިދާން ސަރަހައްދު ހުޅުވާލިއިރު އެ ސަރަހައްދު ދޮވެ ސާފުކޮށް ބޮޑު މަރާމާތެއް ވަނީ ކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުގައި އިށީންނާނެ ގޮނޑިތަކާއި ބެންޗުތައް ވަނީ ހަދާފަ އެވެ.

އަދި އެ ސަރަހައްދު ފެހި ކުރުމަށް މާ އަޅާ ގަސްތައް ވަނީ އިނދާފަ އެވެ. އެ ސަަރަހައްދު މިހާރު ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.

އާރުޑީސީން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވިނަ އިންދަމުންދާތީ އެކަމަށް ސަމާލުވާން ވެސް އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު