Advertisement

މައުމޫން ފައުންޑޭޝަންގެ އިހްޔާ މި އަހަރު ވެސް އޮންނާނެ

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން މި އަހަރުވެސް ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މި އަހަރުވެސް ސިލްސިލާ ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ޖަލްސާތައް އޮންނާނީ ފެބްރުއަރީ 24 ވަނަ ދުވަހާއި މާޗް ތިން ވަނަ ދުވަހާއި 10 ވަނަ ދުވަސް އަދި 17 ވަނަ ދުވަހެވެ.

Advertisement

ޖަލްސާތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. މި ޖަލްސާތަކުގައި ފައުންޑޭޝަންގެ ޗެއާމަަން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިނީ އިލްމުވެރީން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ބުންޏެވެ.

ޖަލްސާތައް ފެށޭނީ ރޭގަނޑު 10:00 ގަ އެވެ.

މައުމޫން ފައުންޑޭޝަނުން ވަނީ ޖަލްސާތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު ވެސް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް