Advertisement

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: މައުމޫން

މި އަހަރުގެ ރޯދަމަހުގެ މުލަރޯދަ ދުވަހަށްވާނީ މާދަމާ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށް ވިދާޅުވެ، ހުރިހާ މުސްލިމުންނަށް ރޯދައިގެ ތަހުނިޔާ ފޮނުއްވައިފައެވެ.

Advertisement

ރައީސް މައުމޫނަކީ ފަލަކީ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވައި، އެ ދާއިރާ ދިރާސާކުރައްވާ ބޭފުޅެކެވެ.

ރޯދަ ހިފަން ފަށާނީ ހަނދު ސާބިތު ވީމައެވެ. އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މިރެއެވެ.

ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.

ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) “ސަން”އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްރަށަށް މިއަދު އިރު އޮސްފުހުމުގެ ފަހުން މިނެޓަކަށް ވުރެ މަދު ހިނދުކޮޅެއްގައި އުދަރެހުގައި ހަނދު ހުންނާނެކަން އެނގެން އެބައޮތެވެ.

މިއަދު އިރު އޮއްސުމުގެ ފަހުން އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވޭތޯ ބަލާއިރު، ސައުދީ އަރަބިއްޔާގެ ޖިއްދާއަށާއި މިސްރުގެ ގާހިރާއަށާއި މޮރޮކޯގެ ކަސަބުލަންކާއަށާއި ސެނަގޯލުގެ ޑާކާރަށް، ހަނދު ފެންމަތިވާނޭކަން ފަލަކީ ގޮތުން ކަށަވަރުވެ އެނގޭން އެބައޮތް ކަމަށް ވެސް އަބްދުالله ވިދާޅުވިއެވެ.

ރާއްޖެއަށް ހަނދު ނުފެނިއްޖެ ނަމަ، އިސްލާމީ ގައުމަކަށް ހަނދު ފެނިގެން އެ އެކަން އަންގައިފިނަމަ، ޖެހިގެން އަންނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭން ވެސް ކަނޑައަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް