Advertisement

މޫސުން އަދިވެސް ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ވަކި ވަކީން ދެ ސަރައްހައްދަކަށެވެ. ފުރަތަމަ ހުދު ސަމާލު ނެރިފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

Advertisement

ދެވަނައަށް ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މެންދުރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

އެ ސަމާލުތަކުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، ކަނޑުތައް ގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. އެގޮތުން ބޯޓެއް ދިޔަވެ، އަޑިއަށް ގޮސްފައިވާއިރު، ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ވަނީ އުމުރުން ދުވަސްވީ މީހަކު ވެސް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް