Advertisement

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި

ހއ. އިހަވަންދޫގައި ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ބިނާކުރި “މަސްޖިދު ޒުބައިދާ އަޙްމަދު” ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ އެ މިސްކިތުގައި މަޣްރިބް ނަމާދު އިމާމުވެ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މިސްކިތް ބިނާކުރުމުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މާތް الله އަށްޓަކައި ބިންމަތީގައި މިސްކިތެއް ބިނާކުރާ މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ހަދީޘްފުޅުތަކުން އެނގެން އޮތްކަން ފާހަގަކުރައްވައި، މިސްކިތް ދިރުވުމަށް އިހަވަންދޫ ރައްޔިތުންގެ ކިބައިން ވަޒީރު އެދިވަޑައިގަތެވެ.

Advertisement

ދީލަތި އެހީގައި ބިނާކުރި މި މިސްކިތަކީ އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ކުރިން 8 މިސްކިތެއް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިއީ އެ އަމާޒުގެ ދަށުން ހުޅުވުނު މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް