Advertisement
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން --- ފޮޓޯ:ހަވާސާ/ އަޙްމަދު އަޙްނަފް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހްމަދު އަބްދުﷲ

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ ރައްޔިތުން އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރ. ދުވާފަރުގައި ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު ހަވާސާ އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ދުވާފަރުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ، މިހާރުގެ ވެރިކަންކުރާ ފިކުރަށް ތާއީދު ކުރާ ވަރަށް ގިނަބައެއްގެ ހިތުގައި ނަފުރަތާ ރުޅިވެރިކަން އޮތްކަމާއި މިސަރުކާރު ބަލިކުރުމުގެ ވިސްނުން ހުރިކަން ކަމަށެވެ.

Advertisement

ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން — ފޮޓޯ:ހަވާސާ/ އަޙްމަދު އަޙްނަފް

އެހެންނަމަވެސް އެމީހުން އެބަ ފާހަގަކުރޭ ނުފޫޒާ އަރާއި ބަރާ އޮތީމަ ވަޒީފާގެ ބިރު ދެއްކުމާ އަދި ފައިސާގެ އަޅުންނަށް ރައްޔިތުން ހެދުމަށްޓަކައި ކުރަމުންގެންދާ ވިޔާނުދާ އަމަލުގެ ވާހަކަ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރ އަހުމަދު އަބްދުﷲ

މީގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގެ ކަންތަކުގައި ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިނެތް ކަމަށެވެ. އަދި ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ލާޒިމު ކަމެއް ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ހިއްސާނުކޮށް އިންތިހާބު ބެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެކަންކަމުން އެއްކިބާވެގެން ތިބެ އެ ހިންގަނީ ޖަރީމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް