Advertisement
އެކްސިޑެންޓުގައި ލޯންޗަށް ގެއްލުންވެފައި: އެ ހާދިސާގައި ބަޔަކަށް އަނިޔާވެފައިވޭ --

ލޯންޗަކާއި ދޯންޏެއް ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ

މާލެ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި، ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެއެވެ.

“ހަވާސާ”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ކ. ފުނަދޫ ކައިރިން، މިރޭ 7:19 ހާއިރެވެ.

Advertisement

އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީ މީހެއް ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން ދިވެއްސަކަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މީހުންނަށް ލިބުނު އަނިޔާއާ ގުޅޭ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

މި މަހުގެ ފުރަތަމަ ހަފުތާގައި ވެސް ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފައިވެއެވެ. އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ދެ ލޯންޗު ޖެހި، ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

އޭގެ ޖެހިގެން އައި ދުވަހު، ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ކ.ގުޅީފަޅު ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލިއެވެ. އެ ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް