Advertisement
އިސްލާމީ މަރުކަޒަށް ހުކުރު ނަމާދުކުރަން މީހަކު އަރަނީ: ދޫވެފައިވާ ފަރުޟު ރޯދައެއް ވާނަމަ އަވަހަށް ޤަޟާކުރަން ގޮވާލައިފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް: ޚުތުބާ

ޝަރުޢީ ޢުޒުރެއްނެތި ރޯދަމަހު ގަސްތުގައި ރޯދައެއް ދޫކުރުމަކީ ބޮޑު ފާފައެއް ކަމަށާއި އެކަންކޮށްފި މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުން ކަމަށް ހުކުރު ޚުޠުބާގައި ހަނދާކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ “ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ” މި މައުޟޫއެވެ.

Advertisement

ހުކުރު ޚުޠުބާގައި ވިދާޅުވީ ރޯދައަށް ފުރިހަމައަށް އިސްތިޤުބާލުކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި، ރޯދައާ ބެހޭ ޢާންމު ޙުކުމްތައް އެނގިގެން ކަމަށެވެ. އެއީ މުސްލިމުންނަށް އެނގުން ލާޒިމު ކަންކަމެވެ. ޝަރުޢީ ގޮތުން ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ. މީގެ އިތުރަށް ރޯދަވެރިޔާ އޭނާގެ ދުލާއި، އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރާންޖެހޭނެއެވެ. އެއީ ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައްއެތައް ސަވާބަކުން އޭނާ މަޙުރޫމުވާތީއެވެ.

ޚުޠުބާގައި ވިދާޅުވީ ރަމަޟާންމަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މައްސަރުކަމަށެވެ. މަތިވެރި އަޚުލާޤާއި ތަރުބިޔަތުގެ މަހެވެ. ކެތްތެރިކަމާއި، އޯގާވެރިކަމުގެ މަހެވެ. ރޯދައަކީ، އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަން ދަސްކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެކެވެ. ދެއްކުންތެރިކަމެއްނެތި، އިޚުލާޞްތެރިވެ ހުރެ، ހިފާ ރޯދައަކީ، ހުރިހައި މާނައެއްގައި ތަޤުވާވެރިކަމާއި އިޙުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެކެވެ. އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ އެހެންވެގެންނެވެ.

ރޯދަވެރިޔާގެ ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށާއި ދެއްކުންތެރިކަމެއްނެތި، އިޚުލާޞްތެރިވެ ހުރެ، ހިފާ ރޯދައަކީ، ހުރިހައި މާނައެއްގައި ތަޤުވާވެރިކަމާއި އިޙުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އެހެނިހެން އަޅުކަންތަކާ އަޅައި ބަލާ އިރު، ރޯދައިގެ ސަވާބު އެހައި ބޮޑީ އެހެންވެގެން ކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި ވިދާޅުވީ ތިމާގެ އަނބިމީހާޔާ ރޯދަމަހު ދުވާލު އެއްދާންކޮށްފި މީހާގެ މައްޗަށް އޮތީ އެ ކަމުގެ ކައްފާރާ ދިނުން ކަމަށެވެ. އެއީ އެ ގޮތަށް ދޫކޮށްލި ކޮންމެ ރޯދަޔަކަށް އަޅަކު މިނިވަންކުރުމެވެ. އެ ކަމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުންކަމަށެވެ. އެ ކަމުގެ ކުޅަދާނަކަން ވެސް އޭނާއަށް ލިބިގެންނުވާ ނަމަ އެ މީހަކަށް އޮތީ ދޫކޮށްލި ކޮންމެ ރޯދައަކަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ރަމަޟާންމަހު ފަރުޟު ނަމާދުގެ އިތުރަށް، ތަރާވީޙުނަމާދަށް ވަގުތު ހުސްކުރުމަށް ޚުޠުބާގައި ވަނީ ނަސީހަތްތެރިވެފައެވެ. އެއީ އިމާމާއާ އެކު، އޭނާ ނިމެންދެން ރޭއަޅުކަމުގައި ބައިވެރިވާ މީހާއަށް، މުޅި ރޭ އަޅުކަންކުރުމުގެ ސަވާބު ލިބޭނެ ކަމަކަށްވާތީއެވެ.

ޚުޠުބާގައި ވިދާޅުވީ ފަރުޟުތައް އަދާކުރުމަށް ފަހު، ގޭތެރޭގައި ކުރާން ހުންނަ މަސައްކަތުގައި އެހީތެރިވާން ޖެހޭނެ ކަމަށެވެ. ވަކީން ޚާއްޞަކޮށް ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތެއްނޫންކަމަށެވެ. ގިނަގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީވުމުގައި ކަމަށް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭ ކަމަށާއި މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް