Advertisement

ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ އަގުތައް މައްޗަށް

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެސްޓީއޯގެ ހިއްސާގެ އަގުތައް އަނެއްކާވެސް މައްޗަށް ޖެހިލައިފިއެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާއަށް ތައްޔާރުވަމުންދާއިރު، އެކުންފުނިން ވަނީ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާ ޑިރެކްޓަރަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.

Advertisement

ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ޓްރޭޑިން ބޯޑުގެ މިއަދުގެ އަގުތަކަށް ބަލާއިރު، ހިއްސާގެ މުއާމަލާތްތަކުގެ އަގުތައް އެންމެ މަތީގައި އުޅެނީ އެސްޓީއޯ އާއި ބޭންކް އޮފް މޯލްޑިވްސްއެވެ. އެސްޓިއޯގެ ހިއްސާއެއް ގަތުމަށް އެންމެ މަތީ އަގަކަށް 1,800 ރުފިޔާގައި ހުރިއިރު، އެންމެ ދަށް އަގަކީ 1,769 ރުފިޔާއެވެ. އެސްޓީއޯ ވިއްކުމަށް ހުށަހަޅާ އެންމެ މަތީ އަގެއްގެ ގޮތުގައި 1,998.89 ރުފިޔާގައި އުޅޭއިރު އެންމެ ދަށް އަގަކީ 1،998 ރުފިޔާއެވެ.

މިދިޔަ އަހަރު ނިމުނުއިރު އެސްޓީއޯގެ ހިއްސާގެ އަގު ހުރީ 1،700 ރުފިޔާގައެވެ. އެސްޓީއޯގެ ހިއްސާގެ އަގު އަރާފައި މިވަނީ، މިދިޔަ އަހަރު އެކުންފުނީގެ ސާފް ފައިދާ މިދިޔަ އަހަރު އިތުރުވެފައިވަނިކޮށެވެ. އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3 އިތުރުވެ، 762 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ހިއްސާގެ ބާޒާރުގައި ބީއެމްއެލްގެ ހިއްސާގެ އަގު 1،000 ރުފިޔާގައި އުޅޭއިރު، ހިއްސާގެ އަގު އެންމެ ދަށުގައި އުޅެނީ ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ކުރީގެ ރައީސް މައުމޫން ވެރިކަމުގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެމްޓީޑީސީގެ ހިއްސާ ވިއްކުމަށް 14 ރުފިޔާއަށް ހުރިކަން ފާހގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް