Advertisement
ކުޅުދުއްފުށި ސިޓީ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން--- ފޮޓޯ:ހަވާސާ

އެމްޑީޕީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާ، ކުޅުދުއްފުށީ ސިޓީގެ “ދޮރުން ދޮރަށް” ހަރަކާތަށް ހޫނު ތަރުހީބެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކުޅުދުއްފުށި ސިޓީގައި “ދޮރުން ދޮރަށް” ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މި ހަރަކާތުގެ ދަށުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިއަދު ކުޅުދުއްފުށީގެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލުބައްލަވައި، ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. މި ހަރަކާތުގައި ޕާޓީގެ އިސް ބޭފުޅުންނާއި، ކުޅުދުއްފުށީގެ އެމްޑީޕީގެ ހީވާގީ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

ކުޅުދުއްފުށި ސިޓީ “ދޮރުން ދޮރަށް” ހަރަކާތުގެ ތެރެއިން— ފޮޓޯ:ހަވާސާ

މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓުންނަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާނެ ގާބިލު ބޭފުޅުންކަން ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. އަދި މި ވަގުތު ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކައުންސިލް މެދުވެރިކޮށް ހައްލުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދެއެވެ.

އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ އިންތިޚާބު ކާމިޔާބު ކުރުމަކީ ޕާޓީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. ރައީސް ޝާހިދު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި ކެންޕެއިން ދޮރުން ދޮރުގެ އިތުރުން ރޭ ވަނީ ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.

ކުޅުދުއްފުށި ސިޓީއަކީ އަބަދުވެސް ސިޔާސީ ގޮތުން ފޯރިގަދަ އަދި އެމްޑީޕީއަށް ބޮޑު ތާއިދެއް އޮންނަ ސިޓީއަކަށްވާއިރު، މި ފަހަރުގެ އިލެކްޝަންތަކުން ކާމިޔާބު ހޯދުމަށް ޕާޓީން އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް