Advertisement

ރަމަޟާން މަހަށް ތައްޔާރުވުމަށް ”ރޯދަ ސާފު“ ހަރަކާތް ކުރިއަށް ގެންގޮސްފި

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ”ރޯދަ ސާފު“ ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިސްނަގައިގެން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެދިޔަ 2 އަހަރުވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

Advertisement

މާލެ ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއާއި، ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކާ ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ގޮތުން މި އަހަރުގެ މި ހަރަކާތް ކުރިއަށް ގެންދަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ހެލްތް، ހެޗްޕީއޭ، އެމްއެންޑީއެފް، ޕޮލިސް، ހެޗްޑީސީ އަދި މީގެ އިތުރުން ވެސް ވަަރަށް ގިނަ ސަތުކާރުގެ ވުޒާރާތަކާއި އެކި އެކި ކުންފުނިތައް ބައިވެރިވެގެންކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު 5 ސަރަހައްދެއްގައެވެ. އެ ސަރަހައްދުތަކަކީ، އާރޓިފިޝިއަލް ބީޗް، އުސްފަސްގަނޑު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނު ސަރަހައްދުގެ އިތުރުން ސަލްމާން މިސްކިތް ސަރަހައްދެވެ.

މި ހަރަކާތުގައި ސަރުކާރުގެ އެކި މުވައްސަސާތަކާއި، ކުންފުނިތަކާއި، އިދާރާތައް ހިމެނޭހެން ޖުމްލަ 22 އިދާރާއަކުން ބައިވެރިވެފައިވެއެވެ.

ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި ތިމާ އުޅޭ މާހައުލު ސާފުތާހިރު ކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

މި ކަމާއި ގުޅޭގޮތުން ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނީ، ”ރޯދަ ސާފު“ ހަރަކާތަކީ ދިވެހިންގެ އެ ރީތި ސަގާފަތް ދިރުވާ އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް