Advertisement

ސަރުކާރުން ދެން މިހާރު ކުރަންވި ކަމަކީ ހެދި ބިލެތާއި ކިއްލި ވިއްކުން: އަހްމަދު އަބްދުﷲ

ސަރުކާރުން އާންމު ވިޔަފާރިވެރިން ކުރަމުންދާ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުންދާތީ، އެކަމަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲ ވަރުގަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި އަހްމަދު އަބްދުﷲ ވިދާޅުވީ، މިހާރުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތަށް ބަލާއިރު، ސަރުކާރުން ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ހެދި ބިލެތާއި ކިއްލި ވިއްކުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ.

Advertisement

އަހްމަދު އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ، އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިވެރިން އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނިތަކުން ވަންނަމުންދާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން އާންމު ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައް ހަނިވެ، އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަހްމަދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ ޖީބަށް ފައިދާވާނެ ގޮތަކަށް ނޫން ކަމަށާއި، މިއީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކެއުބެ
ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަން ޖެހުނީމަ ކުރާނެދޯ؟ ކަލޭމެން ހުރިހާއެޗެށް ތިބެނީ ބަނޑު އަޅައިގެން ވިއްޔާ

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް