Advertisement

ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޯތެރަޕީއާއި ސައިކޭޓްރިސްޓް ޚިދުމަތް ފަށައިފި

ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީ އާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމެވެ. މިއީ އެ އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށާއި، ކުރިމަގުގައި މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އިތުރުން ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ނ.އަތޮޅު ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ތަނެކެވެ. އެގޮތުން ދުވާލަކު އެވްރެޖްކޮށް 120 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި 31,000 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.

Advertisement

ޞިއްޙީ ވަޒީރު ނ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަނަދޫގެ އިތުރުން މާފަރު، މާޅެންދޫ އަދި މިލަދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ތިން ރަށުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވައިދެއްވާނެއެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް