Advertisement
ހުޅުމާލެ ޖަލު --

ހާލު ދެރަވެ ފަރުވާދެނިކޮށް ނިއުމޯނިޔާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަތާ ހަފުތާއެއްފަހުން މިއަދު ހެނދުނު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ މަރުވީ މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލް ކަމަށެވެ.

Advertisement

އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާކަމަށް ކަރެކްޝަނުން ބުންޏެވެ. އިބްރާހިމް ސުޙެއިލް މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން މިއަދު ހެނދުނު 9:05 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.

އިބްރާހިމް ސުޙެއިލް މަރުވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަން ތިބޭ ގައިދީން މަރުވުމުގެ ހާދިސާތައް ވެސް މަދުން ނަމަވެސް ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

H Hanee
Maruveematha Aailaayah anganjeheny ,balivegen evaru vaairu angaakah nujeheytha

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް