Advertisement
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގުދަން.-- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގެ ގުދަނެއްގައި ރޯވުން: ދެ އެޕާޓްމަންޓުގައި އުޅުނު 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލޭގައި ހުރި ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ރޭ މެންދަމު އެ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހަ ފްލޯއަށް ހަދާފައި ހުރި ލޮޓް ނަމްބަރު 11154 ގޭގައި ހުރި ގުދަނެއްގަ އެވެ.

Advertisement

އެންޑީއެމްއޭ އިން މިއަދު ބުނީ، އެ އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އިމާރާތުގެ ދެ އެޕާޓްމަންޓުގައި އުޅުނު 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ ދެ އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔައީ ދިވެހިންނެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގުދަން.– ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގެ ގެ އެއްގައި އެންމެ ތިރީ ފްލޯގައި ހަދާފައި ހުރި އެ ގުދަނުގައި ރޯވި ސަބަބެއް އެމްއެންޑީއެފަކުން އަދި ނުބުނެ އެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގުދަނުގައި ހުރި ތަކެތި ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އެ ހާދިސާ ހިނގާފައި ވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުމާލެ 2 ގެ ހިޔާ ޓަވަރު 5ގެ ވައިގޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެ ތަނުގައި ދިރިއުޅުނު 85 މީހަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޯށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް