Advertisement
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -

ތާއީދު ފޯމުގައި ސޮއިކުރާ މީހުންގެ މައުލޫމާތު އިލެކްޝަނުން ޕީއެންސީއަށް ދޭ ކަމުގެ ތުހުމަތު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމުގައި ސޮއިކުރާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވެރިކަން ކުރާ ޕީއެންސީއަށް ދޭ ކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅެނީ މަދުވެގެން 50 މީހުންގެ ތާއީދާއެކު އެވެ. މިފަހަރު ތާއީދު ފޯމު ހުށަހެޅުމުގެ އިންތިޒާމު އިލެކްޝަނުން ހަމަޖައްސާފައި ވަނީ އީފާސް މެދުވެރިކޮށެވެ. އެހެންކަމުން، ތާއީދު ފޯމުގައި ސޮއިކުރާ މީހުން، އެ މީހުންގެ އީފާސް މެދުވެރިކޮށް އެކަން ކަށަވަރު ކުރަން ޖެހެ އެވެ.

Advertisement

އަމިއްލަ ކެންޑިޑޭޓެއްގެ ތައީދު ފޯމުގައި ސޮއިކުރި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ހަވާސާ އަށް ބުނީ އެ ރަށު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ތައީދު ފޯމުގައި އޭނާ ސޮއިކުރިތާ މާގިނައިރުތަކެއް ނުވަނީސް އެ ރަށުގައި ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ ބައެއްގެ ފޯނު ކޯލެއް ލިބުނު ކަމަށެވެ.

“ސޮއިކުރިތާ މާ ގިނައިރެއް ނުވާނެ، އެ ގުޅީ ޕީއެންސީން އަހަންނަށް، އިލެކްޝަނުން އެ މައުލޫމާތު ނުދެންޏާ ކިހިނެއް އެ މީހުންނަށް އެނގޭނީ އަހަރެން ސޮއިކުރި ކަމެއް؟ އަހަރެންގެ އީފާހުން ލޮގިންވެފައި ދޯ ކުރާނީ؟ އެހެން މީހަކަށް އެކަމެއް ނޭނގޭނެ،” އޭނާ ބުންޏެވެ،

“ސީދާ އިލެކްޝަނުން އެ އޮތީ އެ މައުލޫމާތު ދީފައި، އެހެން ނޫނީ އެ މީހުންނަކަށް ނޭނގޭނެ.”

އޭނާގެ އިތުރުން ވެސް ބައެއް މީހުން ވަނީ އެ ޝަކުވާ ކޮށްފަ އެވެ. އޭގެއިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ބައެއް މީހުންނަށް ސަރުކާރު ކުންފުނިތަކުން ބޮޑެތި ވަޒީފާ ހަމަޖައްސައިދެމުންދާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެގޮތުން، ބައެއް ރަށްރަށުގެ ކައުންސިލް މަގާމުތައް މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުންނަށް ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ހުށަހަޅާފައިވާ ކަމަށް އެ ރަށްރަށުގެ މީހުން މި ނޫހަށް މައުލޫމާތު ދިނެވެ. އެ ހުށަހެޅުން ހުށަހަޅަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރުމަށް ޝަރުތު ކުރުމަށްފަހު ކަމަށް ވެސް އެ މީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް