Advertisement
ހުޅުމާލެއިން އުޅަނދެއް ޓޯކުރަނީ --- ފޮޓޯ/ ފުލުހުން

ހުޅުމާލޭން ދެ ދުވަހުން 50 އުޅަނދު ޓޯކުރި

ހުޅުމާލެއިން ދެ ދުވަހުގެ ތެރޭގައި، 50 އުޅަނދު ޓޯކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ހިސާބުތަކަށް ބަލާއިރު، ދެ ދުވަހުގެ ތެރޭގައި މުޅިން ވެސް ޓޯކުރީ، ދެ ފުރޮޅުލީ އުޅަނދުތަކެވެ. މިގޮތުން، އެންމެ ގިނައިން ޓޯކުރީ، ގަވައިދާ ޚިލާފަށް ޕާކުކޮށްގެނެވެ. އެހެންވެ، 30 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

Advertisement

މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު, ލައިސަންސް ނެތި ދުއްވައިގެން 17 އުޅަނދު ޓޯކުރިއިރު، ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ތިން އުޅަނދު ޓޯކުރިއެވެ.

އޭގެއިތުރަށް، އެ މުއްދަތުގައި ފުލުހުން ވަނީ، ހުޅުމާލެއިން 48 އުޅަނދު ޓްރެފިކް ޖޫރިމަނާ ކޮށްފައެވެ. އެއީ، ދެ ފުރޮޅުލީ 43 އުޅަނދާއި ހަތަރު ފުރޮޅުލީ، ފަސް އުޅަނދެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ޕާކިން ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ކުރީކޮޅު ފުލުހުން ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް