Advertisement

24 ގަޑިއިރުތެރޭ ފްލެޓާއި ގޯއްޗަށް އެދި 500 އަށްވުރެ ގިނަ ހުށަހެޅުން

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި 500އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްމުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ 15،000 ގޯއްޗާއި 7900 ފްލެޓް ދިނުމަށް ހުޅުވާލާފައި ވަނީ އިއްޔެ ހެނދުނު 9:00ގައެވެ.

Advertisement

ހައުސިން މިނިސްޓްރީން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި 518 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ފްލެޓަށް އެދި 399 އެޕްލިކޭޝަން އަދި ބިން ހޯދަން އެދި 119 އެޕްލިކޭޝަނެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން، ފެލްޓަށް އެދި އަންނަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާޗްމަހުގެ 4ވަނަ ދުވަހުގެ 23:59ގެ ނިޔަލަށެވެ. މި އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށެވެ.

މީގެ ކުރިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން، މާލޭ ރަށްވެހިންނަށް 4000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1500 ފްލެޓް އަދި ހާއްސަ އިސްކަމެއްދޭ ކެޓަގަރީތަކަށް 2400 ފްލެޓް ވަނީ ކަނޑައަޅައިފައެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3000 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯއްޗެވެ. މި ގޯތިތައް ދޫކުރާނީ މިހާރު ހިއްކަމުންދާ ރަސްމާލެ ހިމެނޭހެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް