Advertisement

ހަފުތާއެއް ތެރޭ މާލެއާއި ބްރިޖާއި ހައިވޭގައި 67 އެކްސިޑެންޓު

މިދިޔަ ހަފުތާ މާލެއާއި ބްރިޖާއި ހައިވޭގައި މުޅި ޖުމުލަ 67 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު “އެކްސް” ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ މި 67 އެކްސިޑެންޓުގެ ތެރެއިން، 56 އެކްސިޑެންޓާއިއެކު އެންމެ ގިނަ އެކްސިޑެންޓު ހިނގީ މާލޭގައި ކަމަށެވެ.

Advertisement

އަދި އެއް ދުވަސްތެރޭ އެންމެ ގިން އެކްސިޑެންޓު ހިނގީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ ދުވަހު ޖުމުލަ 13 އެކްސިޑެންޓު ވި ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.

އަދި ހަތް ވަނަ ދުވަހު ޖުމުލަ 12 އެކްސިޑެންޓު ވި ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ގިނަ އެކްސިޑެންޓުތައް ހިނގީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. އޭގެ ތެރެއިން ސައިކަލާއި ސައިކަލު ޖެހި 19 އެކްސިޑެންޓު، ސައިކަލާއި ކާރު ޖެހި 19 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ 67 އެކްސިޑެންޓުގެ ތެރެއިން 66 އެކްސިޑެންޓުގައި ކުދި އަނިޔާ ލިބިފައިވާއިރު ބޮޑު އަނިޔާއެއް ލިބުނީ އެތަނުން އެއް އެކްސިޑެންޓުން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، މަގުމަތީގައި އުޅޭ އިރު މަގަށާއި ދުއްވާ އުޅަނދުތަކަށް ރައްކާތެރި ވުމުގެ އިތުރުން އެއްގަމު އުޅަނދު ދުއްވާ މީހުން މަގުމަތީގެ ގަވާއިދު ތަކަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް