Advertisement

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާއެކު ފަސޭހަކަމެއް ވާނޭކަން: ހުތުބާ

މިޢުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް  ނަމާދު ކަމަށާއި އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާގެމައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާ ބިނާވެފައިވަނީ ކީރިތި ރަސޫލާގެ ސީރަތުން ފެންނަން އޮތް އެންމެ މަތިވެރި އެއް މުޢުޖިޒާތް ކަމުގައިވާ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މިއީ މުސްލިމުންގެ އީމާންކަން އިމްތިޙާނުކުރެއްވި، އަދި ބުއްދީގެ އަހުލުވެރިންނަށް ގިނަގުނަ ޢިބުރަތްތަކެއް ލިބިދޭ މުހިންމު ޙާދިސާއެކެވެ. އިސްރާގެ ދަތުރުފުޅަކީ މަސްޖިދުލްޙަރާމުން މަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ އިރު، މިޢުރާޖަކީ އުޑުތަކުގެ މައްޗަށް ކުރެއްވި މަތިވެރި ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.

Advertisement

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ އިސްލާމީ ދަޢުވަތުގައި ރަސޫލާ އުފުއްލެވި ބުރަތަކާއި، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއި އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން ލިބިވަޑައިގަތް ހިތާމައަށް މާތް الله ދެއްވި ތަސައްލީއެކެވެ. މީގެއިން އެނގިގެންދަނީ ކޮންމެ ދަތިކަމަކަށް ފަހު ފަސޭހަކަމެއް ވާނެކަމާއި، اللهގެ މަދަދަށް އެދޭ މީހާ ނާއުންމީދުވާން ނުޖެހޭނެ ކަމެވެ. އަދި ކޮންމެ ކަމަކާ ކުރިމަތިލާއިރުވެސް ހިތުގެ ޠާހިރުކަމާއި ފުރިހަމަ އީމާންކަން އިސްކުރުމުގެ މުހިންމުކަން މި ޙާދިސާއިން ހާމަވެއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ރަސޫލާގެ މަތިވެރި މަޤާމުވެސް ވަނީ ހާމަވެފައެވެ. އެގޮތުން ބައިތުލްމަޤްދިސުގައި ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުކުރެއްވުމަކީ އެކަލޭގެފާނުގެ މާތްކަން އަންގައިދޭ ހެކިފުޅެކެވެ. މި ޒިކުރާ އައުވާ ހިނދު، މުސްލިމުންގެ މައްޗަށް އޮތީ ރަސޫލާގެ ސީރަތުން ދަރުސް ލިބިގަނެ، އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކުރުންކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް