Advertisement

ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށް، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޭން ނިންމައިފި

ބަނގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ ބަންގްލަދޭޝްގެ އާންމު އިންތިހާބާ ގުޅިގެން، ޖެނުވަރީ 15އިން ފެބްރުއަރީ 15ގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Advertisement

ނަމަވެސް އޭގެ ފަހުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާކަން އެގައުމުގެ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ.

“އެހެންކަމުން ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ،” މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގައި އޮންނަ އެ އިންތިހާބަކީ، މިދިޔަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހަރާއެއްގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، އެންމެ ފަހުން ހަސީނާއަށް ޖެހުނީ އިސްތިއުފާ ދޭށެވެ.

ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް ސާބިތުވި ނަމަވެސް, އެކަމަނާ ހުންނެވީ އިންޑިއާގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް