Advertisement

ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަނީ

ބަންގްލަދޭޝްގައި އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އާންމު އިންތިހާބާ ދިމާކޮށް، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހިން ވިސާ ނަގަން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ  އިންތިހާބާ ގުޅިގެން، 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެ ގައުމުން ނިންމާފައިވާ ކަމަށެވެ.

Advertisement

“އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ،” އެ ބަޔާނުގައި ބުންޏެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ.

ބަންގްލަދޭޝްގެ ވިސާއާ ގުޅޭ އިތުރު ތަފުސީލުތައް ބަންގްލަދޭޝްގެ އިމިގްރޭޝަން ސައިޓުން ލިބޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއީ މިދިޔަ އަހަރު، ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓައިލިފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ހަސީނާގެ ވެރިކަން ވެއްޓުމާއެކު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް ވަނީ އުވާލައިފަ އެވެ.

އެ އިންތިހާބާ އެކު، ވަގުތީ ސަރުކާރުގައި އިސްކޮށް ހުންނެވި މުހައްމަދު ޔޫނުސް ހުށަހަޅުއްވާފައިވާ ގައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ މަގު ޗާޓު ތަންފީޒު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް ހަމަ އެ ދުވަހު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް