Advertisement

ސަރުކާރު ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއް ބާއްވަނީ

ސަރުކާރުން ތައާރަފު ކުރަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް ޓަކައި ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރުގެ ޓެކްސީ ލައިން މެނޭޖުކުރާ އެމްޓީސީސީން ބުނީ ވޯކް-އިން އިންޓަވިއުއަކީ އެ ޚިދުމަތަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުން ހޯދަން ބާއްވާ އިންޓަވިއުއެއް ކަމަށެވެ.

Advertisement

މި އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 18:00އާ ހަމައަށް، މާލޭގައި އިންޑަސްޓްރިއަލް ވިލޭޖު ސަރަހައްދުގައި ހުންނަ މާފަންނު ބަސް ޓާމިނަލުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި އިންޓަވިއުއަށް ދާއިރު ގެންދަން ޖެހެނީ އައިޑީ ކާޑާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އެކަނި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މިދިޔަ ނޮވެމްބަރު 19ގައި، އެންމެ ފުރަތަމަ ސަރުކާރުން އިއުލާނުކުރީ ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އަދި، ބޭނުންވާ އަދަދަށް ޑްރައިވަރުން ލިބިފައެއް ނުވެއެވެ.

އެއިރު އެމްޓީސީސީން ވަނީ ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އެއިރު އިއުލާނުކުރިއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ.

އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ޓެކްސީލައިންގެ ޚިދުމަތް ފަށަން ބުނި ތާރީޚަށް ނުފެށި ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އަދި އެ ޚިދުމަތަށް ޓެކްސީ ގެނައިކަން ވެސް ސަރުކާރުން އަދި ހާމަނުކުރެއެވެ.

ސަރުކާރުން މިކަން ކުރަން އުޅޭއިރު މިއީ މިހާރު އަމިއްލަ ކާރުތަކުގައި ޓެކްސީކުރާ ޑްރައިވަރުން ވަރަށް ބޮޑަށް ދެކޮޅު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް