Advertisement

އެމްއެމްއޭގެ އާ އޮފީސް އިމާރާތް ފަރުމާކުރާނެ ބަޔަކު ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭގައި ތަރައްގީކުރަން ރާވާފައިވާ އެ އިދާރާގެ އާ އޮފީސް އިމާރާތް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އެ އިދާރާއިން މިއަދު އިއުލާންކޮށްފި އެވެ.

އެމްއެމްއޭއިން ކުރި އިއުލާނުގައި ވަނީ މި މަސައްކަތް ކޮށްދޭން ޝައުގުވެރިކަން ހުރި ވިޔަފާރިތަކަށް ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލާފަ އެވެ.

Advertisement

ރަޖިސްޓްރޭޝަން ފުރުސަތު ހަމަ ވަނީ މި މަހުގެ 14 ގަ އެވެ. އިއުލާނުގައި އޮތް ގޮތުން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ މި މުއްދަތުގެ ކުރިން ރަޖިސްޓްރީވާ ބަޔަކަށް އެކަންޏެވެ.

އެމްއެމްއޭގެ އާ އޮފީސް އިމާރާތް ތަރައްގީކުރާ ބިން އޮންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ފެރީ ޓާމިނަލް ފަޅީގަ އެވެ. މިއީ 210 މިލިއަން ރުފިޔާއަށް ގަނެފައިވާ، 43،000 އަކަފޫޓުގެ ބޮޑު ބިމެކެވެ.

އޮފީސް އިމާރާތް ބަދަލުކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފެށީ، އެ އޮތޯރިޓީން މިހާރު ބޭނުންކުރާ އިމާރާތް ހުންނަ ސަރަހައްދު ކާރުބާރޫ ބޮޑު ކަމުންނާއި އެހެން އިމާރާތަކާ އިން ވެގެން ހުންނާތީ، ސެކިއުރިޓީ މައްސަލަތައް ދިމާވާތީ އެވެ.

އެމްއެމްއޭއިން މިހާރު ބޭނުންކުރަނީ އެ އިދާރާ އުފެދުނީއްސުރެން ބޭނުންކުރަމުން އައި މަޖީދީ ބިލްޑިން ތަޅާލުމަށް ފަހު އެޅި އިމާރާތަކެވެ. އެ އިމާރާތް ބޭނުންކުރަން ފެށީ 2008 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް