Advertisement
މައި ޕޯޓަލް- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިހާބު؛ ކެންޑިޑޭޓުން ފޯމު ހުށައަޅާ ޕޯޓަލް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން “މައި ޕޯޓަލް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް މެދުވެރިކޮށް ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކުރުމާއި، ލިޔެކިޔުންތައް އަޕްލޯޑުކުރުމާއި، އިދާރީ ފީ ދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

Advertisement

އެ ކޮމިޝަނުން ބުނީ ދުރާލާ މި ޕޯޓަލް ހުޅުވާލީ އިންތިޚާބަށް ރަސްމީކޮށް އިޢުލާނުކުރުމާއެކު ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

ކެނޑިޑޭޓުން ޕޯޓަލްއަށް ލޮގިންވާންޖެހޭނީ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށެވެ. ނަމަވެސް، ފޯމު ރަސްމީކޮށް ހުށަހެޅޭނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލުމުންނެވެ.

މިފަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން، އެ ދާއިރާއަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 50 މީހުންގެ ތާއިދު ހޯދަންޖެހޭނީވެސް މި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކުށާއި ދަރަނީގެ ރެކޯޑުތައް ހުށަހަޅާއިރު، 1 ޑިސެމްބަރު 2025 ގެ ފަހުން ސާފުކޮށްފައިވާ، މުޅި އުމުރުގެ ރެކޯޑުތައް ހުށަހެޅުމަށް ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.

އޮފިޝަލުންނާއި އޮބްޒާވަރުންގެ ފޯމުތައްވެސް މިހާރު ބަލައިގަންނަނީ ޕޯޓަލް މެދުވެރިކޮށެވެ. އައު ނިޒާމަށް ސިޔާސީ ޕާޓީތަކާއި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް