Advertisement

ކުރިޔަށް އޮތް ތިންދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ

ކުރިއަށް އޮތް ތިން ދުވަހު ވެސް މެދު ރާއްޖެ ތެރޭ އާއި ދެކުނުގެ ހިސާބުތަކަށް ގަޔަވަޔާ އެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި ދުވަސްވަރު މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަ ކަމަށެވެ. އެ ހިސާބުތަކަށް އެވްރެޖު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު 1:00 އިން މިރޭ 7:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

“މި ދެތިން ދުވަހު މިގޮތަށް ވައިޓް އެލާޓްތައް ނެރޭނެ. އެކަމަކު، ޔެލޯ އެލާޓް ނެރެން ޖެހޭނެ ކަމަށް އަދި ނުބެލެވޭ،” އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައި މަޑުވެ، ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތީގެ ފަހުންނެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ އިރުވައި މޫސުމުގެ ތިންވަނަ ނަކަތް ކަމަށްވާ އުތުރު ހަަޅައިގެ ފުރަތަމަ ދުވަހެވެ. މިހާރު މި ހިނގާ އުތުރު ހަޅަ ނަކަތުގައި އުޑުމަތި ސާފުކޮށް އޮތް ނަމަވެސް، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވެ އެވެ.

މިދިޔަ މަހު 17 ގައި ރާއްޖެއަށް ވަނީ އިރުވައި މޫސުން ފެށިފަ އެވެ. މިއީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ އަވަހަށް އިރުވައި މޫސުން ފެށުނު ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް