Advertisement

އެމްޑީޕީގެ ޕްރައިމަރީގެ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް ނެރެފި

ކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެފި އެވެ.

އިދިކޮޅު ޕާޓީން އަންނަނީ، ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޓިކެޓު ލިބޭނެ ކެންޑިޑޭޓުން ހޮވަން އަންނަ މަހުގެ 16 ގައި ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.

Advertisement

އެހެންވެ، ކެންޑިޑޭޓުންގެ ނަންބަރާ އެކު، ޕްރައިމަރީގައި ވާދަކުރާ މީހުންގެ ދާއިމީ ލިސްޓު އެމްޑީޕީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު ޖުމްލަ 129 މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 އަދި މާލެއިން އަށް މީހުންނެވެ. ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ފެންނަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް މިހާރުގެ މޭޔަރު އާދަމް އާޒިމްއާ ވާދަކުރައްވަނީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ.

ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފަ އެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް