Advertisement

މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު 94 ދައުވާ ސާބިތުވެއްޖެއެވެ.

ކޭޕާކު މައްސަލައިގައި މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކޮށް، މިދިޔަ އަހަރުގެ ޖުލައި 30ގައި އެ މައްސަލައިގައި ޝަރީއަތްވަނީ ފަށައިފައެވެ.

Advertisement

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރުވެފައިނުވެއެވެ. އެހެންވެ، އޭނާ ހޯދައިދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރުނެވެ. އޭގެ ފަހުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މަންޑޭގެ މައްޗަށް މިއަދު ދައުވާތައް ސާބިތުވެފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންގާރަ ދުވަހު ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިއެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:

1. ޓެކުން (46 ދައުވާ)

2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)

3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން (3 ދައުވާ)

4. މަނީ ލޯންޑްރިން (1 ދައުވާ)

އެ މައްސަލައިގައި ރ.އަލިފުށި/ކިނާރާގެ، ޖައިޝާން ސައީދުގެ މައްޗަށް ވެސް ދައުވާތައް ކޮށްފައިވާއިރު، އޭނާ މައްޗަށް ވެސް ވަނީ 89 ދައުވާއެއް ސާބިތުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާއާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ.

މަންޑޭގެ ޕެންޓްހައުސް: އޭނާގެ އެފްޑަބްލިޔު ރެޒިޑެންސް އެޕާޓްމެންޓް ދައުލަތަށް ނަގަން ކޯޓުން ވަނީ އަމުރުކޮށްފައި — ފޮޓޯ/ ފުލުހުން

އެ މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، މަންޑޭގެ އެފްޑަބްލިއު ރެޒިޑެންސް އެޕާޓްމަންޓާއި، އެއެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.

އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.

ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް