Advertisement
ހުޅުމާލޭގައި ގާއިމުކުރި ސީސީޓީވީ ކޮމާންޑް ސެންޓަރު: އެ ތަން ގާއިމުކުރީ އެޗްޑީސީން ---

އެޗްޑީސީން ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި

ހުޅުމާލޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހަދަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރަން ވިނަރެސް ފުލެޓުތަކުގެ ނުވަވަނަ ޓަވަރުގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ.

Advertisement

އެ ކުންފުނިން ވަނީ ހުޅުމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފުލެޓުތަކުގެ ބޭރުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ކުންފުނިން މިދިޔަ ހަފުތާގައި ވަނީ ހުޅުމާލޭގެ ސެކިއުރިޓީ ވަރުގަދަކުރަން އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ނަމުގައި ޚިދުމަތެއް އިފުތިތާހުކޮށްފައެވެ. އެ ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން މަސައްކަތްކުރާނީ އެ ކުންފުނީގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް