Advertisement

ބޮކްސާ ތެރޭ ޑްރަގް ގެންގުޅުނު ޒުވާނަކު 15 ދުވަހަށް ބަންދަށް

މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ ބަލައި ފާސްކުރިއިރު، އޭނާގެ ހަށިގަނޑާއި ބޮކްސާއާ ދޭތެރެއިން 11 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ފެނުނު ތަކެއްޗަކީ އަމިއްލަ ބޭނުމަށް ގަނެފައިވާ އެއްޗެހިކަމަށް ތަހުގީގުގައި އޭނާ ވަނީ އެއްބަސްވެފައެވެ.

Advertisement

ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި މި މީހާއަކީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ހަމަ މިގޮތަށް ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު 50 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް