Advertisement

4 މަސާޖު ޕާލާއެއް ފާސްކޮށް، 4 ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި

ގަވައިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށްފައިވާ ކަމަށް, އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ހަތަރު ތަން ބަލައި ފާސް ކުރުމަށް ފަހު, ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

Advertisement

އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މަސާޖް ޕާލާއެއް ބަލައި ފާސްކުރަނީ– ފޮޓޯ: އިމިގްރޭޝަން

 

ހަމައެހެންމެ އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި, ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ އަޅާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލް އަދި ލިބޭގޮތެއް ނުވެއެވެ.

މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މަސާޖް ޕާލާއެއް ބަލައި ފާސްކުރަނީ– ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ގަވާއިދާ ހިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް, ބައެއް ތަންތަން އަންނަނީ ބަންދު ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް