Advertisement

ގޭންގު ގާނޫނުގެ ދަށުން މީހަކު ބަންދުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ގޭންގު ގާނޫނުގެ ދަށުން ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ގޭންގު ގާނޫނުގެ ދަށުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ސަމީހު މުހައްމަދު، ތޯތާގެ، ކ. މާފުށި އެވެ. އޭނާ ބަންދުކުރީ ގޭންގު ގާނޫނުގެ 58 ވަނަ މާއްދާގެ ށ. އާ ހަވާލާދީ އެވެ. ސަމީހުއަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރުމުގެ ރިކޯޑު އޮތް މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

Advertisement

އޭނާގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައި ވަނީ ސަމީހުއަކީ ތުހުމަތު ކުރެވޭ މައްސަލައިގައި އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށާއި އެ ހާދިސާ ހިނގި ފަހުން އޭނާ އުޅެމުން ދިޔައީ ފިލައިގެން ކަމަށެވެ. އަދި، ސަމީހު ހައްޔަރުކުރުމަށް މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ކޯޓު އަމުރު ހޯދި ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ހަވާލާދީފައިވާ މާރާމާރީއަކީ ކޮބައިކަން ބަންދު އަމުރަކުން ނޭނގެ އެވެ. އެހެންނަމަވެސް، އެ މާރާމާރީ ހިންގާފައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެންކަމާއި އެ މާރާމާރީގައި އަނިޔާވި މީހާއަށް ވަރަށް ބޮޑެތި ޒަހަމުތައް ލިބިފައިވާކަން ފުލުުހުން ކޯޓުގައި ހާމަކުރިކަމަށް ބަންދު އަމުރުގައިވެ އެވެ.

ގޭންގު ގާނޫނުގެ ދަށުން މީހަކު ބަންދުކޮށްފައި މިވަނީ، ރާއްޖޭގައި ގޭންގުތަކެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

ނޮވެމްބަރު 17، ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމަށާއި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު މިހާރު ނެތް ކަމަށެވެ.

“އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

“މިހާރު، ކުރީގައި ތިޔަ ގޭންގުތަކުގައި އުޅުނު [ކުދިން] އެކަން ހުއްޓާލައިފި، ގޭންގު ކުށްކުރުން ހުއްޓާލައިފައި މިހާރު އެ ބޭފުޅުން، އެ ކުދިން، ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި، މިހާރު މި ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެޔޭ، އެހެންވީމާ ތިމަންނަމެން މިހާރު ގޭންގެއްގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނުފެނިގެންނޭ މިއުޅެނީ.”

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، އޭގެ ދުވަސްފަހުން ވެސް ގޭންގު ހަދައިގެން މާރާމާރީ ހިންގި ދެ މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް