Advertisement
ހޯލްސްގެ ތެޔޮ ބޯޓެއް. ފޮޓޯ: ހޯކްސް ޕްރައިވެޓް ލިމިޓެޑް

އިންޓަނޭޝަނަލް މާކެޓުގައި ބަޔޯފިއުލް ވިއްކުމުގެ ލައިސަންސް ހޯކްސް އަށް

ސިންގަޕޫރުން ދޭ އިންޓަނޭޝަނަލް ސަސްޓެއިނަބިލިޓީ އެންޑް ކާބަން ސެޓިފިކޭޝަން (އައިއެސްސީސީ) ދަ ހޯކްސް ގްރޫޕްގެ ސިންގަޕޫރު އޮފީހަށް ދީފި އެވެ.

މެރިން ފިއުލް އާއި ކާގޯގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ހޯކްސް ގުރޫޕުން ބުނީ، އެ ސެޓްފިކެޓް ލިބުމަކީ ބޮޑު ކާމިޔާބީއެެއް ކަމަށާއި ތިމާވެށީގެ ގޮތުން އެއީ ޒިންމާދާރު ކުންފުންޏެއްކަން ފާހަގަކުރާ ކަމަށެވެ.

Advertisement

ދެމެހެއްޓެނިވި ބާވަތެއް ކަމަށްވާ ބަޔޯފިއުލް ދުނިޔޭގެ އެކި ގައުމުތަކަށް ސަޕްލައި ކުރުމުގެ ފުރުސަތު އެ ސެޓްވިކެޓާ އެކު ލިބިފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

“ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށާއި ދެމެހެއްޓެނިވި އޯލްޓަނޭޓިވްތައް ހޯދަން އިންވެސްޓް ކުރުމަކީ ހޯކްސްއިން ވަރުގަދަ އަށް ފޯކަސް ކުރާ ކަމެއް،” އެ ކުންފުނިން ބުންޏެވެ.

އައިއެސްސީސީ ލިބުމަކީ އެކަމުގައި އެހެން ހަރުފަތަކަށް ދިއުމުގެ ފުރުސަތެއް ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

ހޯކްސް ގްރޫޕަކީ އިންޓަނޭޝަނަލް އޮފީސްތަކެއްގެ ނެޓްވޯކެއް ހިންގާ ކުންފުންޏެކެވެ. އަދި އެއީ ރާއްޖެ އާއި ސްރީލަންކާ އަށް ފިއުލް ސަޕްލައިކުރާ ކުންފުނި ވެސް މެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި